އިންޑިއާގެ އެހީގައި މާލޭގައި ތިމާވެއްޓާ ރައްޓެހި ޕާކިންގ އިމާރާތްތައް އެޅުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިސް 2025 ވަނަ އަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގ އެހީގައި، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެށްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވަރ ޖެނެރޭޓް ކުރާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ޙައްލެއް ލިބި، އަދި ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން