އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާދެމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ރޭ 11:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫން ކަމަށާއި، އެމީހާއަށް ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ޢާއިލާގެ ފަރާތުން ވެސް މިހާތަނަށް ތުހުމަތުތަކެއް ކޮށް، އެފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދެމުންދަނިކޮށް ކުއްލިއަކަށް ތެދުވެގެން ދުއްވައިގަތުމުން ވެއްޓުނު ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވަނީ އެފަދަ މައްސަލައެއް ހުށަހެޅުމުން އާންމުކޮށް ޢަމަލުކުރާ އުސޫލުން ކަމަށާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ކީވެގެންތައެމީހާމަރުވީ ހަމަހުރެފަތަމަރުވީ ނޫނީ ގުދުރަތީ މަރެއްތަ
މި ލިޔުން ކިޔާލުމުން