ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު އިޙްސާން ވިދާޅުވީ، ގއ. ވިލިނގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަޙުޤީޤެއް ހިންގައި، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ދެ މައިން މަރުވެފައިވަނީ ސިޒެރިއަން ހެދުމަށް ފަހު ދެ މައިންގެ އޮކްސިޖަން ދަށްވެގެންނެވެ. ސިޒޭރިއަން ހެދުމަށް ފަހު މައިމީހާ ހޭނާރާކަމަށް މަޢުލޫމާތު ލިބެއެވެ. އަށް މަހުގައި ސިޒޭރިއަން ހެދުމަށް ފަހު ނެގި ދަރިފުޅު މަރުވެފައިވަނީ އެއަރ އެމްބިއުލާންސް އިން މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ.
ގއ. ހޮސްޕިޓަލުގައި ވިހޭ މި އަންހެންމިހާ އާޢި ދަރިފުޅު މަރުވި މައްސަލައިގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ ވިލިނގިލީ ހޮސްޕިޓަލް ކައިރިއަށް އެއްވެ، އެ ރަށުގައި ވަނީ އަޑު އުފުލާފައެވެ. މި ހާދިސާގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު މީސްމީޑިއާގައިވެސް ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށ ޞިއްޙީ ވުޒާރާއިންވެސް ވަނީ ބުނެފައެވެ.
ވިހެމުގެ ތެރޭގައި މައިމީހާ އާއި ދަރިފުޅު މަރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ހިންގާ ހާދިސާތަކެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
މަރުވުމުން ތަހްގީގު ހިންގާން ވާނީ ހެލްތު މިނިސްޓްރީން އެއް ނޫން. ތަހްގީގު ހިންގާން އެނގޭނެ ބަޔަކު އެތާ ނުތިބޭނެ. ޖިނާއީ ތަހްގީގަކީ ފުލުހުން ވަގުތުން ހިންގާންޖެހޭ ކަމެއް. ބަލާލުން މުހިއްމު ކީއްވެކަން ގއ. ހޮސްޕިޓަލުގައި ވަގުތީ ޒިންމާދާރު ވެރިއެއް 6 މަސް ވަންދެން ބަހަށްޓާފައި ހުރީ. އެތަން ހިންގާނެ މީހަކު ޒިންމާ ވާނެ މީހަކު ނެތް.
މި ލިޔުން ކިޔާލުމުން