ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެޔާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާ 'މެޑްރިޑް ޑާބީ'' މެޗް ކުޅޭނެއެވެ.
ލަލީގާ ރޭހުގެ މުހިއްމު މި މެޗަށް ދެ ޓީމުން ނިކުންނައިރު 49 ޕޮއިންޓާއި އެކު ލީގު ގެ އެއްވަނައިގަ އޮތީ ރެޔާލް މެޑްރިޑް އެވެ. ދެވަނައިގަ އެތްލެޓިކޯ އޮތީ 48 ޕޮއިންޓާއި އެކުގަ އެވެ.
މެޑްރިޑް ގެ ބާނަބެއު ސްޓޭޑިޔަމް ގަ ކުޅޭ މި މެޗްގެ ކުރިން ބޭއްވި ނޫސްވެރިން ގެ ބައްދަލު ވުމުގައި އެތްލެޓިކޯގެ ކޯޗު ސިމިއޯނީ ވަނީ އޭނާގެ ޓީމުން މި މެޗަށް ފުރިހަމަޔަށް ތައްޔާރު ވެފައިވާ ކަމަށް ބުނެފައެވެ.
''ގެޓަފޭ މެޗަށް ފަހު ހުރިހާ ވިސްނުމެއް މިހާރު ހުރީ ޑާބީ މެޗަށް، ޓީމު އޮތީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މި މެޗާއި ކުރިމަތި ލެވޭ ހާލަތުގަ'' ސިމިއޯނީ ބުންޏެއެވެ.
''އަހަރެމެން ހާސިލް ކުރަން ބޭނުންވި ކަންތަކާއި، ހާސިލްވެފައި ހުރި ކަންތަކާއި، ކުރިއަށް ޕްލޭން ކޮށްފަ ހުރި ކަންތަކުގައި މާ ބޮޑު ފަރަގެއް ނެތް، ޓީމުން ނިކުންނާނީ ކޮންމެ މެޗަކާ ވެސް ކުރިމަތިލަމުން އައި ރޫހުގަ" ސިމިއޯނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މިމެޗަށް ނިކުންނައިރު އެތްލެޓިކޯގެ ޑިފެންޑަރު ލި ނޯމެންޑް ސަސްޕެންޝަންގައި ހުރި އިރު އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޕަބްލޯ ބަރިއޯސް އަނިޔާގެ ސަބަބުން ޓީމާއި ގުޅެވޭނެ ކަމުގެ އުއްމީދު ކުޑައެވެ.
ރެޔާލް މެޑްރިޑަށް ބަލާއިރު އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިން ތަކަކަށްވަނީ އަނިޔާވެފައެވެ. އެ ގޮތުން ޑެނީ ކަވަހާލް، ކަމަވިންގާ، އެޑަރ މިލިޓާއޯ، އެންޓޯނިޔޯ ރުޑިގާ ފަދަ ކުޅުންތެރިން އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ ތިބި އިރު ، އެ ޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމް ވެސް މެޗަށް ފިޓުވުމުގެ އުއްމީދު ވަނީ ކުޑަވެފައެވެ.
މީގެ އިތުރުން މި ހުރިހާ މުބާރާތެއްގައި އެޓީމަށް 21 ގޯލް ކާމިޔާބް ކޮށްދީފައިވާ ނުރަަައްކާތެރި ފޯވާޑް ކިލިޔަން އެމްބާއްޕޭ ވެސް އަނިޔާގެ ސަބަބަބުން މިމެޗުގައި ފެނުމާ މެދުވަނީ ސުވާލު އުފެދިފައެވެ.
މިމެޗުގަ ނަތީޖާ އެއްވަރު ވެއްޖެނަމަ ލީގު ރޭހުގައި ބާސަލޯނާޔަށް ހޯމަ ދުވަހުގެ ރޭ ވެލެންސިޔާ އަތުން މޮޅުވެގެން ރެޔާލް މެޑްރިޑާއި 02 ޕޮއިންޓަށް އަދި އެތްލެޓިކޯ އާއި 01 ޕޮއިންޓަށް ކައިރި ކުރެވޭނެ އެވެ.
ރެޔާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާ ފޯރިގަދަ ''ޑާބީ'' މެޗް އޮންނާނީ އާދީއްތަ ދުވަހުގެ ރޭ މެންދަމު ރާއްޖެ ގަޑިން 01 ޖަހާއިރު އެވެ.
މި ލިޔުން ކިޔާލުމުން