ސްޓެލްކޯގެ ސާވިސް ކައުންޓަރުތައް މާދާމާ ބަންދުވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ، މާދަމާ ސްޓެލްކޯގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.
ސާވިސް ކައުންޓަރުތައް މާދާމާ ބަންދުވި ނަމަވެސް ސްޓެލްކޯ ކޮންޓެކްޓް ސެންޓަރ 1545ގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ސާވިސް ކައުންޓަރުތަކުގެ ހިދުމަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ލިބިގެން ދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން