މާފަންނު ބޮޑުގެ ވަގުތީ މިސްކިތްހުރި ތަނުގައި 3 ބުރީގެ މިސްކިތެއް އަޅަނީ
ފަންނު ބޮޑުގެ ވަގުތީ މިސްކިތްހުރި ތަނުގައި ޒަމާނީ ފެންވަރުގެ 3 ބުރީގެ މިސްކިތެއް އަޅަން ނިންމައިފި ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
''މި މިސްކިތް ހުންނާނީ ޤުރުއާނުގެ އިލްމު އުނގަނައިދެވޭ ގޮތައް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭނެ. ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެ'' މިނިސްޓަރ ޝަހީމް ސޯޝަލް މިޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މާފަންނު ބޮޑުގެ ވަގުތީ މިސްކިތްހުރި ތަނުގައި ޒަމާނީ ފެންވަރުގެ 3 ބުރީގެ މިސްކިތެއް އެޅުން. މި މިސްކިތް ހުންނާނީ ޤުރުއާނުގެ އިލްމު އުނގަނައިދެވޭ ގޮތައް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭނެ. ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެ. pic.twitter.com/0D8Uedxw0k
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 5, 2025
އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މިސްކިތް އަޅަނީ މިނިސްޓްރީއާ ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ހުރިހާ މިސްކިތްތަކާއި ސްކޫލްތައް އަޅަންވީ ބޭސްމަންޓްގަ ޕާކު ކުރެވޭ ގޮތަށެވެ. ތިން ބުރީގެ ތި މިސްކިތައް ދާމީހުންގެ ވެހިކަލް ޕާކު ކުރާނެ ގޮތަކާމެދު ޝަހީމް ނުވިސްނަފާނެ، އެކަމަކު ސްޓްރަޓެޖިކް ގޮތެއްގައި ވަށާ ޖެހޭގޮތަށް ދައުލަތުން ކަންކަން ރާވަންޖެހެއެވެ. އިމާރާތްތައް ކުރުމާއި ދައުލަތުގެ ކަންކަން ބައްޓަން ކުރަންޖެހެއެވެ.
މި ލިޔުން ކިޔާލުމުން