މާލޭގައި މިރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނީ ކަނބާ އައިސާ ރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާލިބުނު މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން