ލ. އަތޮޅު މާބައިދޫ ކައުންސިލަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕީއެންސީގެ ކައުންސިލަރު ޒަރީރު މާބައިދޫ ހެލްތް ޕޯސްޓަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި، މާބައިދޫ ހިމެނޭ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޒަރީރު އަކީ ސިޔާސީ ހަޔާތުގައި ވަރަށް ގާތް އެކުވެރިއެއް ކަމަށާއި، ރަށު ރައްޔިތުންގެ ލޯބި އަބަދުވެސް އޮންނަ ބޭފުޅެއް ކަމަށެވެ.

މާބައިދޫ، ފިނިފެންމާގެ ޒަރީރު ނިޔާވީ އުމުރުން 58 އަހަރުގައެވެ. އަދި ނިޔާވިއިރު 6 ދަރިން ތިބެ އެވެ.
މި ލިޔުން ކިޔާލުމުން