ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން އެކްސްގައި ހިއްސާކުރި ޕޯސްޓްގައި ބުނީ ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތާއި، ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައި ކަމަށެވެ.
މީގެ އިތުރުން، ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ 24 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތާއި، ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ 24 އިންސައްތަ… pic.twitter.com/BHYuKijLDC
— MTCC Plc (@MTCCPlc) February 4, 2025
މި އެއަރޕޯޓް އަކީ ފ.އަތޮޅުގައި ތަރައްޤީކުރެވިގެންދާ ފުރަތަމަ އެއަރޕޯޓެވެ. މިދިޔަ ސަރުކާރުން ފަށާފައިވާ މި އެއަރޕޯޓް މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 19 ވަނަ ދުވަހުއެވެ.
މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި ލިޔުން ކިޔާލުމުން