ފޭސްބުކް މާކެޓްޕްލޭސްގެ ސްކޭމްތައް ގިނަވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.
އެ ސެންޓަރުން ވަނީ ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓް ތަކަށް ސަމާލުވުމަށާއި، ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އެދިފައެވެ. މީގެ އިތުރުން ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދު ނަމަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީން ކުރުމަށްވެސް އެ ސެންޓަރުން އެދިފައިވެއެވެ.
އަދި، ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުން ރަނގަޅު ކަމަށްވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.
ގިނަ ކުންފުނިތަކުން ދަނީ ކަސްޓަމަރ އޮތެންޓިކޭޝަނަށް އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް އަށް ބަދަލުކުރަމުންނެވެ. ނަމަވެސް، ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ ބުނެފައެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތް ކުރާގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށްވާން ޖެހޭ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެއްވެސް އިތުރު ފަރާތަކަށް ތިމާގެ ފޯނަށް ލިބޭ ކޯޑެއްވެސް، ގުޅާފައި އިން ނަންބަރެއްވެސް އަދި މިސްކޯލެއް ލިބިފައިއިން ނަންބަރެއްވެސް ހިއްސާ ނުކުރުމަށްވެސް އެ ސެންޓަރުން އިލްތިމާސްކުރެއެވެ.
މި ލިޔުން ކިޔާލުމުން