ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ ޙުސައިން ޢަބްދުލްމަޖީދު، ދަފްތަރު ނަންބަރބު ރސ 3678/ މާލެ، (26އ) އެވެ.
ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ޕޮލިހުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަޙުޤީޤަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައެވެ.
މިގޮތުން އޭނާ ހާޒިރުވުމަށް އަންގާފައިވަނީ 12 ފެބުރުވަރީ 2025 ގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށެވެ.
މި ލިޔުން ކިޔާލުމުން