މަހޯލި އަހަރީ ރިޕޯޓް ފޮނުވަންޖެހޭ ސުންގަޑި ހަމަވިއިރު ދައުލަތުގެ އިދާރާތަކުން އެ ރިޕޯޓް ފޮނުވާފައިވަނީ 383 އިދާރާއިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރަސް އޮފީހުން ބުނެފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރސް އޮފީހުން ބުނީ މިއީ ޖުމްލަ އިދާރާތަކުގެ 40 އިން ސައްތަކަމަށެވެ.
ދައުލަތުގެ އިދާރާތަކުން މަހޯލި އަހަރީ ރިޕޯޓް ފޮނުވަންޖެހޭ ސުންގަޑި ހަމަވިއަރު އެ ރިޕޯޓް ފޮނުވާފައިވަނީ 383 އިދާރާއިން. އެއީ ޖުމްލަ އިދާރާތަކުގެ އެންމެ %40.
— Information Commissioner's Office - Maldives (@icom_mv) February 2, 2025
ސުންގަޑި ހަމަވިއިރު ރިޕޯޓް ހުށަނާޅާ ސަރުކާރުގެ މައި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ 4 މިނިސްޓްރީއެއް ވެސް ހިމެނޭކަން އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ ހަތަރު މިނިސްޓްރީ އަކީ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އެވެ.
އިދާރާތަކުން ފޮނުވަންޖެހޭ މަހޯލި އަހަރީ ރިޕޯޓަކީ މަހޯލި ގާނޫނާއި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރސް އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓެކެވެ.
މި ލިޔުން ކިޔާލުމުން