ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ޤާހިރާގައި ބޭއްވި "ޢަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމަށް ދިވެހި ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާޢީދުކުރާކަމަށެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާއިރު، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޣައްޒާގެ ގެއްލުން ލިބުނު ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދިނުމާއި، ހާލުގައި ޖެހިފައިވާ ހުރިހާ ސަރަޙައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ވެސް ދިވެހި ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ.
Statement by the Government of Maldives welcoming the Arab Six-Party Consultative Meeting in Cairo on the ceasefire agreement in Gaza
🔗 Statement | https://t.co/DUmeUOWejr pic.twitter.com/cvaI9Jx0Vs
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 2, 2025
ޣައްޒާ އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބާއްވަން މިހަރު ފަށާފައިވާ މަސައްކަތަށް ވެސް ސަރުކާރުން ވަނީ މަރުޙަބާކިޔާފައެވެ. އަދި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރައްވާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން