ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރި ކަމަށް ބުނާ 228 މީހުންގެ މައުލޫމާތު ދޭން އިންކާރުކޮށް، ސަރުކާރުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް މުއިއްޒުގެ ރިފޯމް އެޖެންޑާގެ ތެރެެއިން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އެންގެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް އޭރު ހާމަކުރި އެވެ.
އެ ނިންމުމާ ގުޅިގެން އެ މީހުންގެ ތަފްސީލް ހޯދުމަށް، އަމިއްލަ ފަރާތަކުން، ރައީސް އޮފީހަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ރައީސް އޮފީހުން އިންކާރުކޮށްފައިވަނީ އެއީ، ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެއެވެ.
އެހެންނަމަވެސް އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތު ހާމަކުރުމަށެވެ.
ސަރުކާރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ތިން މައްސަލައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ތިން މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ.
އެ މައްސަލަތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން