އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކަށް މީހުން ވެއްދުމާއި ގުޅޭތުން މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސްބޭފުޅުން މިއަދު ވަނީ ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު މިމަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ޑިޖިޓަލްކޮށް، އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް ކަންތައްތަކާމެދު މަޝްވަރާކުރުމެވެ. އަދި މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ހިޔާލުތަކައި ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމާ ގުޅޭޮތުން، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު، ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން @ncitmv pic.twitter.com/MLWnQKOFcN
— Elections Commission (@ElectionsMv) February 2, 2025
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅިގެން ލިބޭ ޝަކުވާތަކާއި ފޯމުތައް ޕްރޮސެސް ކުރުމުގައި ދިމާވާ ދަތިތަކާގުޅޭ ގޮތުންނާއި ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރުމަށް ވަނީ ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވެފައި ބޮޑުވެ ޝަކުވާތައް އިތުުވެފައިވާތީ ޕާޓީތަކަށް މީހުން ވައްދަން މިހާރު ބޭނުންކުރާ ޕޯޓަލް ބޭނުންކުރުން މި ނިމުނު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.
މި ލިޔުން ކިޔާލުމުން