މާފަންނު ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއާއެެއް ހިނގައިފިއެވެ.
މިއަދު މެންދުރުފަހު ރޯވެފައިވަނީ މ. ވީނަސް ގޭގަ އެވެ.
އެމްއެންޑީއެފް އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓްގައި ބުނީ މ. ވީނަސްގޭގެ ހަތްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:38 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މ.ވީނަސްގޭގެ ހަތްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފި. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 13:38 ހާއިރު.
— Maldives National Defence Force (@MNDF_Official) February 1, 2025
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހިއްސާ ކުރި މި ހާދިސާގެ ފޮޓޯތަކުގައި އެގޭގެ ބޮޑު ބައެއް އަނދާފައިވާ މަންޒަރު ފެނެއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކިޔާލުމުން