ސިނަމާލެ ބުރިޖު މަތީ ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 08:19 ހާއިރު ސިނަމާލެ ބުރިޖުން ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި، ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލައިގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި، ފަރުވާ ދެމުން ދަނިކޮށް މިއަދު 09:05 ހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން