ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މުރައިދޫއަށް ވަޑައިގެން އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކައުންސިލްގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރެއިން ހއ.މުރައިދޫ ޢިމާރާތްކުރާ ކައުންސިލްގެ އިދާރާ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް… pic.twitter.com/Ssvp4YOglf
— Ministry of Cities, Local Government, Public Works (@MoCLPmv) January 28, 2025
މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މި ކައުންސިލްތަކުގެ އޮފީސްތައް ޢިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެވެ.
މި ލިޔުން ކިޔާލުމުން