ކޮންޓްރޯލްޑް ޑްރަގް ލިޔަން ބޭނުންކުރާ ''ބްލޫ ޕްރިސްކްރިޕްޝަން'' ފޮތް ބޭނުންކުރުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދާތީ މިކަން ހަމަޖެހިފައިވާ ގޮތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރޯލްޑް ޑްރަގްސް ލިޔުމަށް ބޭނުންކުރާ "ބްލޫ ޕްރިސްކްރިޕްޝަން" ފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެމް ސެވެން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް (އެމް ސެވަން ޓަވަރުގެ ފުރަތަމަ ފަންގިފިލާ، އަމީނީމަގު) އިން މި ފޮތް ލިބެން ހުންނާނެ ކަމަށެވެ.
މީލާދީ އައު އަހަރު ފެށުމާއެކު ކޮންޓްރޯލްޑް ޑްރަގް ލިޔުމަށް ބޭނުންކުރާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދާތީ މިކަން ހަމަޖެހިފައިވާ ގޮތް އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
- އެގޮތުން ސީރިއަލް ނަންބަރާއެކު އަހަރު 2023 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ މުއްދަތަކީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު).
- ސީރިއަލް ނަންބަރާއެކު އަހަރު 2024 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ މުއްދަތަކީ 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިއަލަށް (މީލާދީ 3 އަހަރު).
- ސީރިއަލް ނަންބަރާއެކު އަހަރު 2025 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ މުއްދަތަކީ 2027 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިއަލަށް (މީލާދީ 3 އަހަރު).
މީގެއިތުރުން މިއަހަރުގެ ޖަނަވަރީ 01 އިން ފެށިގެން ބޭނުން ކުރެވޭނީ ސީރިއަލް ނަންބަރާއެކު 2023، 2024 އަދި 2025 ވަނަ އަހަރު ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫ ޕްރިސްކްރިޕްޝަން ފޮތްތައް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބޭނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން