ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް މާލެ ސަރަހައްދުން ޕާސްޕޯޓް ދޫކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ މާލެ (ވެލާނާގެ ފުރަތަމަ ފަންގިފިލާ)، ހުޅުމާލެ ފޭސް 1 ( އުމަރު ޒާހިރު ބިލްޑިންގ)، ހުޅުމާލެ ފޭސް 2 (ވިނަރެސް 1،2 ފަންގިފިލާ) އިންނެވެ.
މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ 03 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް ވަނީ ހަމަޖެހިފައި.#DhivehiPassport #MaldivesImmigration pic.twitter.com/gg21qUmabz
— Maldives Immigration (@ImmigrationMV) January 24, 2025
އެ ހުރިހާ އޮފީހަކުންވެސް ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން