ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބަލައިފާސްކުރި ތަންތަނުގައި ބިދޭސީން މިހާރު އުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން ރޭ ބުނީ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ޞައްޙަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި. އެގޮތުން އިއްޔެ ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން… pic.twitter.com/YhmNYtTIqm
— Maldives Immigration (@ImmigrationMV) January 23, 2025
އެގޮތުން ބުދަ ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މާލޭގެ އެކި ސަރަހައްދުގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.
އިމިގްރޭޝަންގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ހިންގާ ރެއިޑް އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖެއަށް އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނާ މެދު ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމުގައި އެ މުއައްސަސާއިން މީގެ ކުރިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން