ޝަރީޢަތް އަވަސްކޮށް، މުއްދަތެއް ނެތި ނުޙައްޤުން ޖަލުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަށް ގޮވާލައި ރޭވެސް މުޒާހަރާކޮށްފިއެވެ. މިއީ ޔޫތު ފޮރ ޔުނިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް"، މި ނަމުގައި މުޒާހަރާކޮށްފައިވަނީ ރޭ 8:30 އިން ފެށިގެން މާލޭ އާޓިފިޝަލް ބީޗުގައެވެ.
#EndVaanuvaa https://t.co/CsCGmkGgy9 pic.twitter.com/qODrupr1fo
— Youth for Unity (@y4unitymv) January 17, 2025
މިގޮތުން ރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ސިޔާސީ ބޭފުޅެއްނަމަ، ތުހުމަތުކުރެވޭ ހިސާބަކުން ކުށްވެރިއަކަށް ނުވާ ކަމަށާއި، ނަމަވެސް އާންމު މީހެއް ނަމަ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުށްވެރިއަކަށްވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ސިޔާސީ ވެރިންނާމެދު ގެންގުޅޭ އުޞޫލު އާންމުންނާމެދުވެސް ނުގެންގުޅެވެނީ ކީއްވެގެންތޯ މުޒާހަރާގެ ބައިވެރިން ވަނީ ސުވާލު އުފައްދައިފައެވެ. އަދި ވާނުވާ ބަންދަކީ އަނިޔާވެރިކަމެއް ކަމަށާއި، އެ އަނިޔާވެރިކަން އުވާލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
ޔޫތު ފޮރ ޔުނިޓީން ވަނީ މީގެ ކުރިންވެސް ވާނުވާ ބަންދާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. މިގޮތުން މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުވެސް އާޓިފިޝަލް ބީޗުގައި މުޒާހަރާކޮށްފައިވާއިރު، ޖަނަވަރީ 12 ވަނަ ދުވަހު އެކްސްގައި ވަނީ ވާނުވާ ބަންދާ ދެކޮޅަށް "އެކްސް ސްޓޯމް" ގެ ނަމުގައި އޮންލައިން ކެމްޕޭނެއް ހިންގައިފައެވެ.
ވާނުވާ ބަންދުގައި މީހުން ބޭތިއްވުން ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ލިޔުން ކިޔާލުމުން