ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުން މާވެޔޮމަގު ސަރަހައްދުން ކަރަންޓް ކެނޑި، ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ސައިމާ ގޯޅިއާއި ގުލާބީމަގުން ކަމަށެވެ.
އަދި ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
އަޕްޑޭޓް: މާވެޔޮމަގު ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ މި ކުންފުނީގެ ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން. މި ވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ސައިމާ ގޯޅިއާއި ގުލާބީމަގުން. ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވީއެންމެ… https://t.co/zzbqvxB2li
— STELCO (@STELCOMALDIVES) January 17, 2025
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން