ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް މާލޭ ސްކޫލެއްގެ ޓީޗަރެއް އަނިޔާކުރި މައްސަލައެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރަކީ މާލޭ ސުކޫލެއްގެ ޕްރައިމެރީ ގްރޭޑެއްގައި ކިޔަވައިދޭ އަންހެން ޓީޗަރެކެވެ. އަދި މި މައްސަލާގައި އެ ޓީޗަރު މިހާރުވަނީ ސްކޫލުން ސަސްޕެންޑްކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރ، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އަދި މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން