ރާއްޖެއިން ބޭރުން އަންނަ ތެޔޮ ޓޭންކަރުތަކާއި ކެމިކަލް ޓޭންކަރުތަކާއި އަދި ގޭސް ކެރިއަރ ތަކުގައި ޖެނެރަލް ކާގޯ އުފުލުމަކީ މަނާކަމެއް ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމަކީ އަބަދުވެސް މަނާކަމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ބުނީ އެގޮތަށް ޖެނެރަލް ކާގޯ އުފުލުމަކީ އެފަދަ އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް އެ އުޅަނދުފަހަރު ރަޖިސްޓަރީ ކޮށްފައިވާ ގައުމަކުން ދޫކޮށްފައިވާ ހުއްދަތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ދިވަހިރާއްޖެއަށް ބޭރުން އަންނަ ތެޔޮ ޓޭންކަރުތަކާއި ކެމިކަލް ޓޭންކަރުތަކާއި އަދި ގޭސް ކެރިއަރު ތަކުގައި ޖެނެރަލް ކާގޯ ނުއުފުލުމަށް އުޅަނދުފަހަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކަށާއި ޝިޕިން އެޖެންޓުންނަށާއި އަދި އުޅަނދުގެ ވެރިފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ޓްރާންސް ޕޯޓް މިނިސްޓަރު ބުއްދި ފަސްވެއްޖެ. ކަނޑުމަތީގެ އެއްވެސް ޤަވާޢިދެއް ގައި އެބާންކުރި އެއްވެސް އުޅަދެއްގައި ޖެނަރަލް ކާގޯއެއް ނޫފުއްލޭނެކޭ ނޯންނާނެ. ކާގޯބޯޓުފަހަރުގައި އުފުލޭނެ މުދަލުގެ ބާވަތް ކަނޑައަޅަނީ އަކީ ބޯޓުގެ އޯނަރު ނުވަތަ އޮޕަރޭޓަ އެއްވެސްނޫން. އުޅަނދެއް ވަކިކަމަކަށް ޚާއްސަ ވުމަކީ އެހެންކާގޯއެއް އެކާގޯއެއް އުފުލޭ މިންގަނޑު ތަކަށް އުޅަނދު ފެތެންޏާ އަދި ވަކީންޚާއްސަކޮށް ޖަނަރަލް ނޫފުލޭނެ އައިއެމްއޯގެ އެއްވެސް ޤަވާޢިދެއް ނޯންނާނެ.
މި ލިޔުން ކިޔާލުމުން