ބޭއިންސާފުން މީހުން ބަންދުގައި ބޭތިއްބުމާ ދެކޮޅަށް މިރޭ މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.
ޔޫތު ފޮރ ޔުނިޓީން އިންތިޒާމުކޮށްގެން ބާއްވާ މި މުޒާހަރާ އޮންނާނީ މިރޭ 8:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް"، މި ނަމުގައި ބާއްވާ މި މުޒާހަރާއަކީ ޝަރީޢަތް އަވަސްކޮށް، މުއްދަތެއް ނެތި ނުޙައްޤުން ޖަލުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަށް ގޮވާލައި ބާއްވާ މުޒާހަރާއެކެވެ.
ވާނުވާ ބަންދުގައި މީހުން ބޭތިއްވުން ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ތީ މި ސަރުކާރުގައި އުފަންވި ކަމެއްތަ؟ ފާއިތުވި 5 ސަރުކާރުގައި ނެތް ކަމެއް އުފަންވެއްޖެތަ؟
މި ލިޔުން ކިޔާލުމުން