ރާއްޖޭގައި މަރުވި ނޭޕާލް އަންހެނެއްގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތިގެން، މޯޗަރީގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހާގެ ހަށިގަނޑު ގައުމަށް ފޮނުވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައި ކަމަށެވެ.
ކަންޗަން ދޫގެލް ނަމަކަށް ކިޔާ 25 އަހަރުގެ މި އަންހެންމީހާ މަރުވީ މިދިޔަ މަހުގެ 9 ވަނަ ދުވަހުގައެވެ. ނަމަވެސް އޭނަގެ ހަށިގަނޑާ ހަވާލުވާނެ ބަޔަކު ނެތިގެން އޮތީ މޯޗަރީގަ އެވެ.
ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކަންޗަން ދުންގެލް ހޮސްޕިޓަލަށް ގެނެސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުންނެވެ. ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މެޑިކޯ ލީގަލް ރިޕޯޓްގައި ކަންޗަން ދުންގެލް މަރުވި ސަބަބު ނޭނގޭކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މި ރިޕޯޓްގައި އޭނާ އަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައި ނުވާ ކަމަށާއި، ކަންޗަން ދުންގެލް އަކީ އެނީމިއާގެ ހިސްޓްރީ އޮތް މީހެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ލިޔުން ކިޔާލުމުން