ފޮރިން މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް ޔުނައިޓެޑް އަރަބި އެމިރޭޓްސް ( ޔޫ.އޭ.އީ ) އަށް ކުރެވެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖެއާއި އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަ ދަތުރެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޑރ.ޚަލީލް ވަނީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު ޑރ.ޚަލީލް ވަނީ ޔޫއޭއީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ.ޚަލީލް ވަނީ ޔޫއޭއީގެ މުހިއްމު އިންވެސްޓަރުންނާ ބައްދަލުކުރައްވާފައެވެ. މި މަޝްވަރާތަކުގައި ޔޫއޭއީގެ ވިޔަފާރިތަކާ ގުޅުން ވަރުގަދަކުރުމަށް ވެސް މަޝްވަރާކުރެވުނެވެ.
މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޔޫއޭއީ އާއި ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުން ހަރުދަނާވެ އިގްތިސާދީ ދާއިރާއަށް ކުރެިއެރުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަން މިނިސްޓަރ ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ޑރ.ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަބްދުﷲ ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ ވެސް ބައިވެރިވެރިވެ ވަޑައިގެންނެވި އެވެ.
މި ލިޔުން ކިޔާލުމުން