ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ކުޅިވަރަށް ޚާއްޞަ ކުރެވިފައިވާ ބިންތަކާއި ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި އެޗްޑިސީ އާއި ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ރާފިއު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗް.ޑީ.ސީ ) ގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މަޢުރޫފް ޖަމީލް އާއި ދެބޭފުޅުން ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ސްޕޯޓްސް މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ފުޓްސެލް އިންޑޯ ކޮމްޕެލެކްސް އަދި ނެޓްބޯލް އިންޑޯ ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ބިންތަކާއި އެތަނުގެ ކޮންސެޕްޓް އެޗްޑީސީ ގެ މެނޭޖިންގް ޑިރެކްޓަރ އާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.
ފުޓްސެލް އިންޑޯ ކޮމްޕެލެކްސް ގާއިމުކޮށް ނިމުމާއެކު މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނަށް އަންނަ ލޯޑް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން ނެޓްބޯލް ކޮމްޕްލެކްސް ތަރައްޤީ ކުރަނީ ސެމިނަރ ހޯލް ތަކާއި އެހެނިހެން ބައްދަލުވުން ބޭއްވޭނެ އިންތިޒާމް ހަމަޖައްސާ ތަނެއްގެ ގޮތުގައި ކަންވެސް ސްޕޯޓްސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
މި ލިޔުން ކިޔާލުމުން