ރަތަފަންދޫ ބަނދަރުގެ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މިއަހަރު ކުރިއަށް ގެންދާ ބަނދަރު މަޝްރޫއުގެ މަަސައްކަތުގެ ތެރެއިން ރަތަފަންދޫ ބަނދަރު ހަދައިދެއްވާނެކަމަށެވެ.
"އަޅުގަނޑުމެން ދެންމެ ވަދެގެން އައިއިރު ފެނޭ މިރަށު ބަނދަރު އޮތް ހާލަތު. އަޅުގަނޑު ހިތުން މިއަތޮޅުގައި ވެސް އެންމެ ހާލަތު ދަށްކޮށް އޮތް ބަނދަރަކަށް ވާނެ މިރަށުގެ ބަނދަރު" ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މިއަހަރުގެ ބަޖެޓުން އެންމެ އިސްކަންދެނީ ތައުލީމީ ދާއިރާ އާޢި ސިއްޙީ ދާއިރާ ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
President Dr @MMuizzu meets with the residents of Rathafandhoo Island in South Huvadhu Atoll, emphasising the Government’s unwavering commitment to addressing their concerns and improving their quality of life.
During the event, the President reaffirmed his dedication to finding… pic.twitter.com/R0y71i5udE
— The President's Office (@presidencymv) January 8, 2025
އެގޮތުން ރަތަފަންދޫގެ ޞީއްޙީ މަރުކަޒު ގެ ފެންވަރު ރަނގަޅުކޮށް، އިމާރާތާއި، ވަޞީލަތް އަދި މުވައްޒަފުންގެ ގޮތުން އެރަަށަށް ބޭނުންވާ ފެންވަރުގެ ޞިއްހީ މަރުކަޒަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވުމަށްޓަކައި ފެންވަރު ރަނަގޅު ވޮލީ ކޯޓަކާއި އިންޑޯ ޖިމް އެްގެ އިތުރުން މަޞީލަތްތައް ފުރިހަމަ ޔޫތު ސެންޓަރެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ރަތަފަންދޫ ކައުނސިލްގެ ރައީސް ވެސް ވަނީ އެރަށުގެ ޒުވާނުންނަށް ވޮލީ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް އެރަށުގެ އެހެނިހެން އުމުރާނީ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ހުވަދުއަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ގއ ގެ ބައެއް ރަށްތަކަށެވެ.
މި ލިޔުން ކިޔާލުމުން