އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުންފަހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކުގައި ހަމަލޮލަށް ސާފްކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.
މި ހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓުން ވަނީ ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނު، މިއަދު ދުރުން ފެންނަން އޮތްގޮތާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން