ހިޔާ ފުލެޓުގެ ބައެއް ޓަވަރުތަކުން މިރޭ ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފެނުގެ ވިއުގައިގެ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި، މިރޭ 22:30 އިން މެންދަމު 03:00 އަށް ހިޔާ ފުލެޓު 3 އަދި 4 ގެ ހުރިހާ ފަންގިފިލާތަކަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.
Due to a planned maintenance work of Hulhumale Phase 2 water network, there will be a service interruption to Hiyaa Flat 03 and 04 from to 22:30 Hrs - 03:00 on 06th January 2025 (Tonight)
We apologize for any inconvenience caused.#TeamMWSC pic.twitter.com/OXwqeup6F9— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 6, 2025
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް ވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން