ޤައުމީ އެއަރލައިންގެ ފުރަތަމަ ވައިޑް-ބޮޑީ އެއަރ ކްރާފްޓް ގެ އޮޕަރޭޝަންސް ފަށްޓަވައި ދެއްވައި އެއަރބަސް A330-ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
ވައިޑް-ބޮޑީ އެއަރ ކްރާފްޓް ގެ އޮޕަރޭޝަންސް އިފްތިތާޙް ކުރުމަށް މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖެއްސުމާއި އެކު ބޮޓުގެ ޕައިލެޓުންނާއި ކުރޫންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.
President Dr @MMuizzu graces the inauguration of Maldivian's wide-body aircraft operations, fulfilling a Presidential Pledge. The event will also feature an airshow with Dash-8, Twin Otters, and ATR aircraft, visible from Usfasgandu in Malé and Hulhumalé. pic.twitter.com/XvVAfZ6Rty
— The President's Office (@presidencymv) January 6, 2025
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނަށް 2 ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެކަން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ އެއަރކްރަފްޓް ގެނެވި އުދުހެން ފަށާނެ ކަން މިއަދު އިއުލާންކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ބޯޓް ފުރަތަމަ ޗައިނާ އަށް ދަތުރުތައް ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މިއަދުވެސް އެމަނިކުފާނު ވަނީ މިއަހަރަކީ ތަރައްޤީގެ އަހަރު ކަން ތަކުރާރުކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއަހަރު ކޮންމެ ދާއިރާއަކުންވެސް ފެނިގެންދާނީ ތަރައްޤީއާއި ކުރިއެރުން ކަމަށެވެ.
މިއަދު ގެނެވުނު މި ބޯޓުގައި ހުންނާނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކްލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކްލާސް ގޮނޑިއެވެ.
މޯލްޑިވިއަން އިން ކުރިން ބުނެފައިވަނީ މި ބޯޓްގެ ދަތުރުފެށުމާއި އެކު ރާއްޖެއަށް ކޮންމެ ދަތުރަކުން 100 ޓަނުގެ ކާގޯ މުދާ ގެނެވޭނެ ކަމަށެވެ. ބޯޓްގެ އޮޕަރޭޝަންތައް ފެށުމާއިއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް މޯލްޑިވިއަންއިން ވަނީ ލަފާކޮށްފައެވެ.
މޯލްޑިވިއަންގެ މި ބޯޓް ދައްކާލުމަށް މިއަދު ހަވީރު ފެށި އެއާޝޯވް އެއް ބާއްވާފައެވެ.އެއަރ ޝޯވް އޮތީ ހަވީރު މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގައެވެ.
މި ލިޔުން ކިޔާލުމުން