އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމަށް ދަތިވާނަމަ ރިޕޯޓް ކުރަން އާސަންދަ އޮފީހުން އެދިއްޖެއެވެ.
އާސަންދަ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ރިޕޯޓް ކުރުމަށެވެ.
މިގޮތުން އާސަންދަ ސްކީމްގެ ދަށުން ބޭސް ނަގާއިރު، އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެނަމަ އާސަންދަ ޝިކާވާ ހޮޓްލައިން 7951400 އަށް ވައިބަރ މެދުވެރިކޮށް ރިޕޯޓް ކުރުމަށް އެ އޮފީހުން އެދިފައި ވެއެވެ.
އަދި އެކަން ރިޕޯޓްކުރާ އިރު ބޭސްފިހާރައިގެ ނަމާއި ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ހިއްސާ ކުރަން އާސަންދަ އޮފީހުން ވަނީ އިރުޝާދު ދީފައެވެ.
މި ލިޔުން ކިޔާލުމުން