އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ކުނި އުކުމުގައި ދިމާވި ދަތިތަކާއި ގުޅިގެނެ މިއަދު ހެނުދުނުން ފެށިގެން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ.
ވެމްކޯއިން ބުނީ ކުނި ނެގުމަށް ގޭގެއަށް ދާ މުވައްޒަފުންނަށް ފަސޭހައިނން ކުނި ނެގޭނެ ގޮތަށް ބެހެއްޓުމަށާއި މަގުމައްޗަށް ކުނި ނުނެރެ ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެއްވެސް ގޭބީސީއަކުން ކުނި ނެގެންދެވި ހުރި ނަމަވެސް މަގުމައްޗަށް ކުނި ނެރުމުގެ ބަދަލު1666 އަށް ގުޅައިގެން އެ މައްސަލައެއް ހައްލުކުރުމަށް ވެމްކޯއިން އެދިފައިވެއެވެ.
ވެމްކޯއިން ބުނީ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ބޮޑު ބަޔަކަށް ފެންބޮޑުވެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުން ކުނި ނެގުމުގެ ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ޚިދުމަތް ނުދެވި ހުރި ސަރަހައްދުތަކަށް ހެނދުނު 9:00 އިން ފެށިގެން ދެމުންދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން" ވެމްކޯ އިން ބުންޏެވެ.
އިއްޔެ މެންދުރުން ފެށިގެން ހުއްޓާނުލާ ވެހުނު ވާރޭގެ ސަބަބުން މުޅި މާލޭގައި ވަނީ ފެންބޮޑުވެ ދަތުރުތައް ހުއްޓިފައެވެ. އަދި އާއްމު ހާލަތަށް ރުޖޫއަވަންދެން ހަތަރު ފުރޮޅުލީ ވެހިކަލް ދުއްމުން ވަނީ ހުއްޓާލާފައެވެ.
މި ލިޔުން ކިޔާލުމުން