އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ކުލަބު އެޗްޑީސީ އިން ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގު ބުރުގެ އެންމެ ފަހު މެޗުގައި ސިފައިން އަތުން އެޗްޑީސީ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-21 އިން ސިފައިން ގެންގޮސްފައިވަނިކޮށް، އެޗްޑީސީން ވަނީ ދެން ޖެހިގެންއައި ތިން ސެޓު 25-19، 25-21 އަދި 25-14 އިން ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޗްޑީސީގެ އިސްމާޢިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
އެޗްޑީސީން ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު ހަތަރު މެޗުން މޮޅުވެގެންނެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ސިފައިންނަށް ދެވަނަ ލިބުނުއިރު، ތިންވަނަ މަގާމު ހާސިލްކުރީ ސްޕޯޓްސް ކުލަބު ސިޓީ އެވެ. ބްލޫސް ފޯރ ވޮލީބޯލް އަށް ހަތަރުވަނަ ލިބުނުއިރު، ފުލަށް ދިޔައީ ޕޮލިސް ކުލަބެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ސިފައިން ގެންގޮސްފައިވަނިކޮށް، އެޗްޑީސީން ވަނީ ދެން ޖެހިގެންއައި ތިން ސެޓު 25-19، 25-21 އަދި 25-14 އިން ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޗްޑީސީގެ އިސްމާޢިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ ދިވެހި ސިފައިން ގެ ކްލަބްގެ ހުސައިން ރައްޒާން އެވެ.
މުބާރާތުގެ ފާހަގަކުރެވޭ ކުޅުންތެރިން:
އެންމެ މޮޅު މިޑްލް ބްލޮކަރ: މުޙައްމަދު އަހުސަން - ކުލަބު އެޗްޑީސީ
އެންމެ މޮޅު މިޑްލް ބްލޮކަރ: އާދަމް ފައިރޫޒް - ކުލަބު އެޗްޑީސީ
އެންމެ މޮޅު ސެޓަރ: އަލީ ނިމާލް - ކުލަބު އެޗްޑީސީ
އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔާ: ހުސައިން ރައްޒާން - ދިވެހި ސިފައިންގެ ކުލަބު
އެންމެ މޮޅު ލިބަރޯ: މުޙައްމަދު މިމްރާހް ހަސަން - ދިވެހި ސިފައިންގެ ކުލަބު
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާދަމް ނަސީމް (އެޑަމް) - ދިވެހި ސިފައިންގެ ކުލަބު
އެންމެ އުއްމީދީ ކުޅުންތެރިޔާ: ޔަޢީޝް ރިއްފަތު ހަމީދު - ބްލޫސް ފޯރ ވޮލީބޯލް
އެންމެ މޮޅު ކޯޗު: ހުސައިން ޝަރީފް - ކުލަބު އެޗްޑީސީ
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުބައްޝަރު ރަޒާ - ކުލަބު އެޗްޑީސީ
މި ލިޔުން ކިޔާލުމުން