އިނގިރޭސި އަމީރު ހެރީ ގެ އަނބިކަނބަލުން މޭގަން އިންސްޓްގްރާމް ބޭނުންކުރަން ފަށައިފިއެވެ.
އައު އަހަރާއި ދިމާކޮށް އޭނާ ވަނީ އިނސްޓްގްރާމުގައި އައު އެކައުންޓެއް ހަދާ އައު އަހަރުގެ ވީޑިއޯ އެއް ޕޯސްޓްކޮށްފައެވެ.
އެ ވީޑިއޯގައި ހުދުކުލައިގެ ޖިންސަކާއި ގަޔަށް ދޫ ގަމީހެއްގައި ދުވެފައިގޮސް ގޮނޑުދޮށުގެ ރާޅުފަށުގައި އިނގިލިން 2025 ލިޔެފައި ދުއްވައިގަނެއެވެ.
އެ ވީޑިއޯ 3 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު އެކައުންޓް ބައިމިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފޮލޯ ކޮށްފައެވެ.
މިއީ 2025 އިން ފެށިގެން އޭނާ އެނބުރި އިންސްޓަގްރާމް ބޭނުންކުރަން ފަށާނެކަން އިއުލާން ކުރީކަމަށް މިޑިއާ ތަކުން ރިޕޯޓް ކުރެއެވެ. މޭގަން އިންސްޓަގްރާމް ބޭނުންކުރަން މި ފެށީ ވަރަށް ގިނަ ދުވަހު ސޯޝަލް މީޑިއާގައި ދުރުގައި އުޅުމަށް ފަހުގައެވެ.
2018 ވަނަ އަހަރު ޝާހީ އާއިލާގެ ވަލީ އަހްދު ޕްރިންސް ހެރީ އާއި ކައިވެނި ކުރުމަށްފަހު އޭނާގެ އަމިއްލަ އެކައުންޓް ބޭނުންނުކުރެއެވެ.
"މޭގަން" ގެ ނަމުން ނަންދެވިފައިވާ މި އެކައުންޓް ގައި ކުރިއަށް އޮތް ތަނުގައި އޭނާ މުޖުތަމައަށް ކުރާ އެކި ކަންކަމާއި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ އަޕްޑޭޓް ލިބޭނެކަމަށް މީޑިއާތަކުން ބުނެއެވެ.
ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރި މޭގަން އާއި ހެރީ ކައިވެނިކޮށްފައިވަނީ 2018 ގަ އެވެ. ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލުމަށްފަހު 2020 އިން ފެށިގެން ދިރިއުޅެމުންދަނީ އެމެރިކާގައެވެ.
މި ލިޔުން ކިޔާލުމުން