މާލޭގެ ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށްދާގޮތް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބުދުﷲ މުއްތޮލިބު ބައްލަވައިފިއެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ މާލޭގެ އެއްނަމްބަރ ފާލަމުގެ މަސައްކަތް ހިންގަމުންދާ ގޮތާއި އެ ފާލަމުގެ އެންމެ ފަހުގެ މަސައްކަތް މިނިސްޓަރ ބައްލަވާފާއިވާ ކަމަށެވެ.
މިނިސްޓަރާއި އެކު އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ އާއި މިނިސްޓްރީ ގެ އިސްވެރިންގެ އިތުރުން އެމްޓީސީގެ ޓެކްނިކަލް ޓީމުން ވަނީ ބައިވެރިވެފައެވެ.
ފާލަމުގެ މަސައްކަތް ތަކެތި ލިބުމުގައި ހުރި ލަސްވުމެއްގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. ނަމަވެސް ފާލަން ހެދުމަށް ބޭނުންވާ ތަކެތި ލިބުމުން ބާރުމިނުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ރަސްމީ ފާލަން މިފަހަރު ހަދަނީ މީގެ 70 އަހަރުކުރިން އެފާލަން ހުރި ޑިޒައިނާއި އެއްގޮތަކަށެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ.
މި ލިޔުން ކިޔާލުމުން