މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ދިވެހި ދަރިވަރުންނަށް "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" ގެ ނަމުގައި ހަންގޭރީގައި މަތީ ތަޢުލީމު ހާޞިލުކުރުމުގެ ޖުމްލަ 25 ފުރުޞަތެއް ހުޅުވާލައިފައެވެ.
މި ސްކޮލަޝިޕްގެ ފުރުޞަތުތަކުގެ ތެރޭގައި، 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި 3 ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތު ހިމެނެއެވެ.
"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" އަށް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި، އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާނަމަ އެ ލޯނު ޤަވާޢިދުން ދައްކާ ފަރާތެއް ކަމުގައިވުން، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ކޯހަކަށްވުން އަދި އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދަޢުލަތުގެ ޚަރަދުގައި ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައިނުވުން ހިމެނެއެވެ.
މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހެވެ. ސްކޮލަޝިޕަށް https://myedu.egov.mv/ މެދުވެރިކޮށް އަދި ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށް ހުށަހޭނެއެވެ.
މި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވެބްސައިޓާއި ހޮޓްލައިން 1474 އަދި އެ ވުޒާރާއަށް އީމެއިލްކޮށްގެންވެސް ލިބޭނެއެވެ.
މި ލިޔުން ކިޔާލުމުން