ރ. ފައިނުގައި އަކިރި ނަގަން ގޮސް އުޅުނު މީހަކަށް މާވަހަރެއް ހޮވިއްޖެއެވެ.
މިގޮތުން މިދިޔަ ހުކުރު ދުވަހު މަސައްކަތެއް ކުރަން ބޭނުންވާ އަކިރި ހޮވަމުން ދަނިކޮށް 24 އަހަރުގެ އެ ޒުވާނާއަށް މާވަހަރު ފެނިފައިވަނީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. މި މާވަހަރުގެ ބަރުދަނުގައި ގާތްގަނޑަކަށް އެއް ކިލޯ ހުރި ކަމަށާއި، އެއީ މާވަހަރެއްކަން ޔަޤީންކުރުމުގެ ގޮތުން ކުރިން އެފަދަ ކަންކަމުގައި އުޅުނު މީހުންނަށް ދެއްކުމުން އެމީހުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.
އޭނާ ބުނީ އެއީ މާވަހަރެއްކަން ޓެސްޓްކުރުމަށް މާލެ ފޮނުވާފައިވާ ކަމަށާއި، މާވަހަރެއްތޯ އިތުރަށް ޔަޤީންކުރުމަށް ބޭރަށް ފޮނުވައިގެން ނަމަވެސް ޓެސްޓު ކުރެވޭނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން