ހިޔާ ފުލެޓުގެ 10 ވަނަ ޓަވަރުގެ ބައެއް ފަންގިފިލާތަކުން މިރޭ ފެނުގެ ޚިދުމަތް ކެނޑޭނެ ކަމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ހިޔާ ފުލެޓު 10 ގެ މީޓަރ ރޫމްގައި މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި، 30 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ ރޭ މެންދަމު 01:00 އިން 01:30 އަށް ހިޔާ ފުލެޓު 10 ގެ ފަންގިފިލާ 17 އިން 24 އާ ދެމެދުގެ އެޕާޓްމަންޓްތަކުން ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް އެ ނޯޓިސްގައި ވެއެވެ.
މި ލިޔުން ކިޔާލުމުން