އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެގްރޯނެޓް) އުވާލައި، އެ ކުންފުނިން ކުރަމުން އައި މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލުކުރުމަށް ދައުލަތުން ނިންމުމާ ގުޅިގެން، އެ ކުންފުންޏާ ބެހޭ ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ އިސް ދެ މުވައްޒަފެއްގެ ބައިވެރިވުމާއެކު، އެގްރޯނެޓާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއް ބައެއް ނޫސްތަކުގައި ފަތުރަމުންދާ ކަމަށެވެ. ނޫސްތަކުން އެ މަޢުލޫމާތު ގެނެސްދިފައިވަނީ ކުންފުނީގެ ބަހެއް ހިމަނާނުލާ ކަންވެސް ބަޔާނުގައި ބުނެފައިވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލުކުރުމުގެ ބަދަލުކުރާ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކުރަމުންދާ ކަމަށް ފަތުރަނީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެގްރޯނެޓްގެ މުވައްޒަފުންގެ މެދުގައި ކަންބޮޑުވުން އުފެދި، ކުންފުނީގެ މަސްލަޙަތަށް ބުރޫ އަރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން