އައު އަހަރު ފެށުމާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ފަސް ދުވަހަށް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއައިބީން ނެރުނު ނޯޓިސްގައި ބުނެފައިވާ ގޮތުން 31 ޑިސެންބަރު 2024 އިން ފެށިގެން އެ ބޭންކުގެ ބްރާންޗްތަކާއި ސޭލްސް ސެންޓަރުތައް ބަންދުވާނެއެވެ. އަދި އެތަންތަން އަލުން ހުޅުވޭނީ 5 ޖަނަވަރީ 2025 ގައެވެ. އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތްތައް ލިބޭނެ ކަމުގައި އެ ބޭންކުން ބުންޏެވެ.
އިތުރު އެހީ އާއި މަޢުލޫމާތު އެމްއައިބީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަންބަރު 3325555 ނުވަތަ ޗެޓް މެދުވެރިކޮށް ލިބޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ވަނީ އެ ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެ ކަމަށާއި، ބޭންކު ދެން ހުޅުވާނީ 5 ޖަނަވަރީ 2025 ގައި ކަމަށް ބުނެފައެވެ.
އައު އަހަރާ ދިމާކޮށް ބޭންކުތައް ބަންދުކުރުމަށް ނިންމާފައިވާއިރު، އައު އަހަރާ ގުޅުވައިގެން އަންނަ ބުރާސްފަތި ދުވަސް ކަމަށްވާ 2 ޖަނަވަރީ 2025 އަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ.
މި ލިޔުން ކިޔާލުމުން