ރާއްޖެއިން އުމުރާ އަށް ދިޔަ ގްރޫޕަކުން ދަތުރުކުރަމުން ދިޔަ ބަހެއް އެކްސިޑެންޓެއް ވެއްޖެއެވެ.
"ސަބަބު" އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ދަ ޓްރެވެލަރ" ގްރޫޕުގެ ފަރާތުން ޢުމުރާއަށް ގޮސްފައިވާ މީހުން ދަތުރުކުރަމުން ދިޔަ ބަސް އެކްސިޑެންޓް ހިނގި ނަމަވެސް ދަތުރުކުރި އެއްވެސް މީހަކަށް ބޮޑު ހާނިއްކައެއް ނުވެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ތޯއިފުން މީގާތަކަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ ފޮގް ގެ ސަބަބުން ކަމަށްވެސް މައުލޫމާތުލިބެއެވެ.
މި ދުވަސްވަރަކީ ފިނި ދުވަސްވަރެއް ކަމުން ފޮގުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
މިހާރު އިތުރު ބަހެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ގްރޫޕުން ކުރަމުންދާ ކަމަށްވެ ވަނީ މަޢުލޫމާތުލިބިފައެވެ.
މި ޑިސެމްބަރ މަހަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަށް މީހުން ޢުމުރާ އަށް ދިޔަ މަހެވެ. މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަކަށް ވުމުން ގިނަ އަދަދަކަށް ކުޑަކުދިން ވެސް އުމުރާއަށް ގޮސްފައިވެއެވެ.
މި ލިޔުން ކިޔާލުމުން