ތ. ތިމަރަފުށީގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު މެންދުރު 13:27 ހާއިރު ތިމަރަފުށީ ގެއަކަށް 5 މީހަކު ވަދެ މާރާމާރީ ހިންގި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބެންގެ ދޭތެރޭގައި ހިނގި މި މާރާމާރީގައި ވަޅިން ހަމަލާދީފައިވަނީ މީހެއްގެ ބުރަކަށްޓަށެވެ.
އެމީހާ އަށް ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން