ކުށްމަދުކުރުމާ ގުޅޭގޮތުން 24 ވަނަ ޤައުމީ ކެޑޭޓް ކޭންޕުގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއަދު ގިރިފުށީގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ކުށްމަދު އަމާން މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ކެޑޭޓް ދަރިވަރެެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި، ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ޓްރެފިކް މައްސަލަތަކާއި ސައިބަރ ކްރައިމް މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ސެޝަންގައި 120 ކެޑޭޓުން ބައިވެރިވެފައިވާއިރު، މިސެޝަންގައި މަޢުލޫމާތު ދީފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި ލިޔުން ކިޔާލުމުން