މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަންނަން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ ފިރިހެނަކު، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ވ.ފިޔަބަރި، ޙަސަން އިސާމު (30އ) އިއްޔެ 17:20 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި މައްސަލާގެ ތަހުގީގަށް އޭނާ ދުއްވި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
Iyye alikilegefaanu magun cycle eh dhuvvafa dhiya anhen kuhjjehge ran'fah feyrigane, aiydhabas jahaigahnan ulhey video eh social media gai aanmu vehjje.
Ithuru mauloomaathu: https://t.co/ZjU0GhLXpD pic.twitter.com/NnvQAnNIX9
— #MvCrisis (@MvCrisis) December 20, 2024
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފޭރެން އުޅުނު ފިރިހެން މީހާ ހުރީ ހެލްމެޓެއް އަޅައިގެންނެވެ. އަދި އަންހެން މީހާގެ ސައިކަލު މަޑުކުރުމުން އޭނާ ވެސް ސައިކަލު މަޑުކޮށް ފަށް ފޭރިގަންނަން މަސައްކަތް ކުރާ ތަން ފެނެއެވެ. އޭގެފަހުން އޭނާ ވަނީ އަންހެން މީހާގެ ފުލުހުން ދުވެ، އަތްދަބަސް ޖަހައިގަންނަން ވެސް މަސައްކަތްކޮށްފައެވެ.
އިސާމަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ހެނދުނު އިތުރު މީހަކާއެކު ސައިކަލުގައި ދުއްވާފައި ދަމުން، ސައިކަލެއްގައި ދެ މީހަކު ދަނިކޮށް އެ ސައިކަލުގައި ޖައްސައި ސައިކަލު އަރިއަޅައިލި ވަގުތު އެ ސައިކަލުގެ ޕޮކެޓުތެރޭގައި އޮތް ވޮލެޓެއް ނަގާފައިވާ މައްސަލާގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. މި މައްސަލާގައި ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ 14,400 ރުފިޔާއިން ޖޫރިމަނާކުރުމުގެ ހުކުމެކެވެ.
މި ލިޔުން ކިޔާލުމުން