މިހާރު ފެންމަތިވެފައިވާ ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައިގެ އަވަސް ތަޙުޤީޤެއް ފަށައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެ ކޮމިޝަނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރެއްވި އަމުރާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާކޮށް، އަވަސް ތަޙުޤީޤެއް ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާވެސް މިއަދު ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ބިންވެރިޔާ ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަޙުޤީޤުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން