ބިންވެރިޔާ ސްކީމުގެ ލިސްޓުން ބޭރުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ޗެއާމަން ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑްކޮށްފިއެވެ.
މިގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީ އާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީޤަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަޙުޤީޤު ނިމެންދެން އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ވެސް ޕީސީބް ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސަސްޕެންޑްކުރި އެ ކުންފުނީގެ ބޯޑު މެންބަރުންގެ ތެރޭގައި އެމްޑީ ފަޒުލްގެ އިތުރުން ހިމެނެނީ ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޒްހަރު ޢަބްދުﷲ ސައީދާއި، އިބްރާހީމް ޔޫސުފްފުޅާއި، މުޙައްމަދު ވިޝާމާއި، އުލާ މުޙައްމަދު ރަޝީދާއި، އާރިފް ޢަބްދުލް ޞަމަދާއި، މުޙައްމަދު ނާޖިލާއި، މުޙައްމަދު ވަޙީދާއި، ފާޠިމަތު މިޒްނާ ޢަލީ އަދި ޔޫސުފް ވަޙީދެވެ.
މި ލިޔުން ކިޔާލުމުން