ސްޓާރލިންކް ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް އިންޑިޔާގައި ހުއްޓާލައިފި ކަމަށް އެ ކުންފުނީގެ ވެރިޔާ, އީލޮން މަސްކް ބުނެފިއެވެ.
ސްޓާރލިންކް އިންޑިޔާގައި ހުއްޓާލާފައި ވަނީ އެ ކުންފުނީގެ ދެ ޑިވައިސްއެއް އިންޑިޔާ ސިފައިން ހިފެހެއްޓުމާ ގުޅިގެންނެވެ. މިއީ ފާއިތުވި ހަފްތާތަކުގައި އެ ކުންފުނީގެ ދެ ޑިވައިސްއެއް ހިފެހެއްޓުމާ ގުޅިގެން އޭނާ ދެއްވި ފުރަތަމަ ބަޔާނެވެ.
މީގެތެރެއިން އެއް ޑިވައިސް ހިފަހައްޓާފައިވަނީ ހަނގުރާމަވެރި ސަރަހައްދަކުންނެވެ. އަނެއް ޑިވައިސް ހިފަހައްޓާފައިވަނީ 4.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މަސްތުވާތަކެތީ ކަނޑުމަގުން އެތެރުންކުރަން އުޅުނު ބައެއްގެ އަތުންނެވެ. މި މައްސަލައާ ގުޅިގެން އިންޑިޔާގެ ފުލުހުން ވަނީ މި ޑިވައިސްތަކުގެ ވިޔަފާރި މުއާމަލާތައް ހިއްސާކުރުމަށް އެދި ޤާނޫނީ އަމުރެއް ސްޓާރލިންކަށް ފޮނުވާފައެވެ.
އިންޑިޔާގެ އޮފިސަރުން ބުނެފައިވަނީ މި ޑިވައިސްތައް އެތެރެކޮށްފައިވާ ކަމަށް ލަފާކުރެވެނީ އަވަށްޓެރި ހަނގުރާމަ ހިނގަމުންދާ މިޔަންމާއާއި ދެމެދު އޮންނަ ބޯޑަރުން ކަމަށެވެ. މިޔަންމާގައި ސްޓާރލިންކް ޚިދުމަތް ނުދިން ނަމަވެސް، އެ ޤައުމުގެ ބަޣާވާތްތެރި ގްރޫޕްތަކުން ސްޓާރލިންކް ޑިވައިސްތައް ބޭނުންކުރަމުންދާކަން މީޑިއާގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
މަސްކުގެ ބަޔާންނުގައި ބުނެފައިވާ ގޮތުގައި ސްޓާރލިންކުން މަސައްކަތް ކުރަމުންދަނީ އިންޑިއާގައި ސެޓެލައިޓް ބްރޯޑްބޭންޑް ޚިދުމަތް ދިނުމުގެ ހުއްދަ ހޯދުމަށްކަމަށާއި އަދި މި މަސައްކަތުގެ ތެރެއިން އުފެދިދާނެ ސަލާމަތީ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން